ހިތުގެ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ކެމްޕޭނެއް ފެށުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހަމަޖައްސައިފިއެވެ.
"ހިތުގެ ވިންދުން ދުޅަހެޔޮ މާދަމަޔަކަށް" ނަމުގައި މާދަމާ ފަށައި، މި މަހުގެ 16 އާ ހަމައަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ "އަސާސީ ހިތުގެ ފަރުވާ ފަސޭހަކަމާއެކު ލިބޭނެގޮތް ހެދުމަށް، މާލީ ހުރަސްތައް ނައްތާލުމަށް ފަރުމާކުރެވިފައިވާ ކެމްޕޭނެއް" ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
"މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ ބައިވެރިވާ ފަރާތްތަކަށް އެއްވެސް މާލީ ބުރައެއް ނެތި، ފެންވަރު މަތީ ސިއްހީ ޚިދުމަތާއި، ޚާއްސަ ޑޮކްޓަރުންގެ މަޝްވަރާ އަދި މުހިންމު މެޑިކަލް ޓެސްޓްތައް ހެދުމުގެ ފުރުސަތު މުޖުތަމަޢުގެ ގިނަ ބަޔަކަށް ފޯރުކޮށްދިނުން" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އީ.އޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވިއެވެ.

ކެމްޕޭނުގެ މައިގަނޑު ނުކުތާތައް:
• ހިލޭ ޑޮކްޓަރަށް ދެއްކުން: އެއްވެސް ޚަރަދެއް ނެތި ހިތުގެ ޑޮކްޓަރުންނަށް ދެއްކުން
• ހިލޭ އެންޖިއޯގްރަފީ ޓެސްޓް: ޑޮކްޓަރު ލަފާދީފިނަމަ، އެންޖިއޯގްރަފީ ޓެސްޓް ހިލޭ
• ފަންނީ މެޑިކަލް ޓީމް: ކެމްޕޭން ކުރިއަށް ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހިތުގެ ބަލީގެ ކޮންސަލްޓަންޓުން ކަމަށްވާ ޑރ. އަމިތް އަގަރުވާލް، ޑރ. މޫސާ މަނިކު، އަދި ޑރ. އަޒީޒް އަޙްމަދު ގެ ބެލުމުގެ ދަށުން
• ފަސޭހަ ރަޖިސްޓްރޭޝަން: ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުވޭނެ. އަދި ރަޖިސްޓަރ ކުރުމުން، ހޮސްޕިޓަލުގެ ކޯލް ސެންޓަރުން އެޕޮއިންޓްމަންޓް ކަށަވަރުކުރުމަށް ގުޅާނެ
ޓްރީ ޓޮޕުން ބުނާ ގޮތުގައި ދުނިޔޭގައި އިންސާނުންގެ ސިއްހަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުންތަކުގެ ތެރޭގައި ހިތުގެ ބަލިތައް ހިމެނެއެވެ. މި ބަލިތަކުގެ ފަރުވާ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނީ ވީހާވެސް އަވަހަކަށް ބަލީގެ އަލާމާތްތައް ދެނެގަނެ، އެކަށީގެންވާ ފަރުވާ ފެށުމުންނެވެ.
"މި ކެންޕޭނާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން މަސައްކަތް ކުރަނީ ހިތުގެ ދުޅަހެޔޮ ކަމަށް ސަމާލުކަން ދިނުމަށް މީހުން ހިތްވަރުދިނުމަށެވެ. މިގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތި ޓެސްޓުތައް ފެށުމުގެ ފުރުސަތު ދެވޭނެއެވެ. ކޮންސަލްޓޭޝަން އަދި އެންޖިއޯގްރަފީ ހިލޭ ދެވޭއިރު، އެހެނިހެން ހުރިހާ ޓެސްޓުތަކާއި ފަރުވާތަކަށް ހޮސްޕިޓަލުގެ އާންމު އުސޫލުން ފީ ނެގޭނެއެވެ." ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ރަޖިސްޓްރީ ކުރުމަށް: https://forms.gle/SrwxSsf2FmdDzcU2A
"ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ." ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.



advertisment

