ދެ ޖިންސުގެ ހަމަހަމަކަން ބޮއްސުންލައިގެން ގޮސްފައިވާ މި ޒަމާނުގައި، ފިރިހެނުން އެ މީހުންގެ ރައްކާތެރިކަން ހޯދަން ވެސް އުކުޅުތަކެއް ބޭނުން ކުރަން ޖެހެއެވެ.
ތިރީގައި މި ފާހަގަކޮށްލަނީ އޭގެ ތެރެއިން ވެސް މުހިންމު ހަ އުކުޅެކެވެ.
ހ. "ނައިސް" ފިރިހެނުންނަކީ، އެހެން މީހުން "ޔޫސް"ކުރާ މީހަކަށް ހަދައިނެއެވެ.
މާނައީ، ތިބާއަކީ "އެންމެނަށްމެ ހެޔޮ އެދިގެން އުޅޭ މީހެއް" ކަމަށް ފެންނަ ނަމަ، އެހެން މީހުން ތިބާ "އެކްސްޕްލޮއިޓް" ކުރާނެއެވެ. މާނައަކީ، ތިބާގެ ނާޖާއިޒު ފައިދާ ނަގައި، ތިބާގެ އަތުގައި ހުރި ހުރިހާ އެއްޗެއް "ހުލި"ކޮށްލުމަށް ފަހު، ނަފުސާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ވެސް ތިބާ އިނދަޖައްސައިލައި، ދިރިއުޅުމުގެ އެންމެ ފުން އަނދަވަޅަށް ތިބާ ވައްޓައިލައިނެއެވެ.
ށ. "ޝައި" ފިރިހެނުންނަކީ އެހެން މީހުން "އިގްނޯ" ކުރާނެ ބައެކެވެ.
މާނައީ، ތިބާއަކީ "ލަދުރަކި" މީހެއް ނަމަ، ތިބާއާމެދު އެއްވެސް މީހަކު "އަޅާނުލާނެ"އެވެ. ބޯދާ ބަހުގައި އެ ބުނާ ގޮތަށް، "ނު ރޯ ދަރިއަކަށް ކިރެއް ނުލިބޭނެ"އެވެ.
ނ. "ވީކް" ފިރިހެނުން ވާނީ އެހެން މީހުން "އެބިއުސް" ކުރާ އަމާޒުފަތްގަނޑަކަށެވެ.
މާނައީ، ތިބާއަކީ "ނިކަމެތި" މީހެއް ކަމަށް ފެންނަ ނަމަ، ތިބާ ހަދާނީ އެންމެން މޮޑޭ ފުށްގަނޑަކަށެވެ. ހުރިހާ ގޮތަކުން ތިބާގެ "ނާޖާއިޒު ފައިދާ ނަގާނެ"އެވެ.
ރ. "ސޮފްޓް" ފިރިހެނުން އަބަދުވެސް ވާނީ އެހެން މީހުންގެ "ޕުޝް"ކުރުމުގެ ނުވަތަ "ކޮއްޕުމު"ގެ އަމާޒުފަތްގަނޑަކަށެވެ.
މާނައީ، ތިބާގެ ފަރާތުން "ހާޑް" ނުވަތަ ހަރުކަށިކަމެއް ނުފެންނަ ނަމަ، ތިބާއަކީ ހުރިހާ އެންމެން އެ މީހުންގެ "ކުޅޭކުޅޭ އެއްޗަކަށް" ހަދައިލައިނެއެވެ.
ބ. "ޕޭޝަންޓް" ފިރިހެނުން ވާނީ އެހެން މީހުން "އެކްސްޕްލޮއިޓް" ކުރާނެ އަމާޒުފަތްގަނޑަކަށެވެ.
މާނައީ، ތިބާއަކީ އަބަދުމެ މާ ކެތްތެރިކަމަށް ހެދިގެން އުޅޭ މީހެއް ނަމަ، މި އާޓިކަލްގެ ހ.ގައި ބުނެފައިވާ ފަދައިން ތިބާ ވާނީ އެހެން މީހުން "އެކްސްޕްލޮއިޓް" ކުރާނެ މީހަކަށެވެ. ތިބާގެ ފަރާތުން ލިބޭނެ ހުރިހާ ކަމެއް "ފެލައިލުމަށް ފަހު" ދެން ފެލައިލައިނެ ފެން ފޮދެއް ނެތުމުން، ތިބާ ހަދައިލާނީ ތަންފުހޭ ފޮތިގަނޑަކަށް ނުވަތަ ފައި ފުހޭ "ޑޯމެޓް"އަކަށެވެ.
ރ. "ރުތްލެސް" ފިރިހެނުންނަށް "ރެސްޕެކްޓް" ކުރާނެއެވެ.
މާނައީ، އެ މީހެއްގެ އަމާޒުފަތްގަނޑަށް ވާސިލުވާން ފޫގަޅައިލައި ފިރިހެނުންނަށް އަންހެނުން ވެސް އަދި ފިރިހެނުން ވެސް "އިހްތިރާމް" ކުރާނެއެވެ. ސަބަބަކީ، ކޮންމެ ގޮތެއް ހަދައިފައި ވެސް އަދި އެއީ "ޖައްބާރުން" ކަމަށް ވިޔަސް، ހުވަފެންތަކާއި ކަންތައްތައް ހަގީގަތަކަށް ހަދައިދޭނެ ފިރިހެނުންނަށް ހުރިހާ އެންމެން ވެސް އިތުބާރުކޮށް، ބަރޯސާ ކުރާނެއެވެ.
މި ފާހަގަކޮށްލި ހަ ނުކުތާގެ ތެރެއިން ފަހު ނުކުތާއަކީ އެންމެ ފަސޭހައިން ތިލަކޮށްލެވޭ، ފިރިހެނުންގައި ހުންނަން ކޮންމެހެން ވެސް ޖެހޭ، ޝަހުސިއްޔަތެއް ކަމަށްވާއިރު، ކުރިން ފާހަގަކޮށްލި ފަސް ނުކުތާއިން ވެސް މެދުމިން ހިޔާރުކުރާ ފިރިހެނުންނަށް، ދިރިއުޅުމުގައި އާހިރުގައި ކާމިޔާބު ހަޔާތެއް ލިބޭނެއެވެ.
- "ކޯރާ" ސޯޝަލް މީޑިއާގައި ހޫރަބް ޖަހަންގީރު ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެއް
