Support Us

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވްތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން ކަނޑައަޅައިފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް އިތުރު 23 ބާވަތެއް ހިމަނައިފިއެވެ.

އެގޮތުން އިތުރުކުރި 23 ބާވަތް ރާއްޖެއަށް އެތެރެކޮށް، ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯއާ ހަވާލު ކުރުމުން، އަންނަ މަހުގެ 15ގެ ކުރިން އެ ތަކެތި ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

"މިއާ އެކު، މި އުތުރު ކުރެވުނު 23 ބާވަތުގެ ކާބޯތަކެތި، ހެޔޮ އަގުގައި، އަބަދުވެސް ބާޒާރުގައި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން އަރުވަމެވެ. އެގޮތުން ނިމިދިޔަ ހަފްތާއިން ފެށިގެން އޮރެންޖު ރީޓެއިލްކޮށް، 35ރ. އަށް ކިލޯއެއްގެ ރޭޓުން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވަނީ ބާޒާރަށް ނެރެފައެވެ. އަދި ކުރިއަށް އޮތް ހަފްތާގައި އޮރެންޖުގެ ސްޓޮކް އިތުރުކޮށް، އާފަލު ވެސް ބާޒާރަށް ނެރެވިގެންދާނެއެވެ. މި ކަންކަމަށް ތައްޔާރުވުމަށްޓަކައި އެސްޓީއޯއިން މިހާރު ވަނީ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ގާއިމްކޮށްފައެވެ." އެސްޓީއޯއިން ބުނެއެވެ.

"ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މި 23 ބާވަތުގެ ތެރެއިން ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް ދެނެގަނެ އެ ބާވަތްތައް ހެއްދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ބޭރު ފައިސާއަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ރަނގަޅު ފަރޓައިލް ބިންތަކަށް އިންވެސްޓް ކުރެވިގެންދާނެއެވެ. އެސްޓީއޯއަކީ ކާޑުގެ ބާވަތްތައް ކަށަވަރު ކުރުމުގައި ދިގު ތާރީޚަކާއި ތަޖުރިބާ ހުރި ކުންފުންޏެކެވެ. މިއާއެކު އަޅުގަނޑުމެންގެ އަމާޒަކީ، މި ބަދަލުގެ ސަބަބުން އަސާސީ ކާބޯތަކެތި ހެޔޮ އަގެއްގައި ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަން ކަށަވަރުކޮށްދިނުމެވެ."