Support Us

ފަހުމީ އަދި އައު އެމް.ޑީ ސަމާހު (ވ)

ފަހުމީ ވަކިކޮށް، ސްޓެލްކޯގެ އައު އެމް.ޑީ އަކަށް ސަމާހު

ގައުމީ ކަރަންޓު ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު މިކަން އިއުލާން ކުރި ނަމަވެސް ސަބަބެއް ހާމައެއް ނުކުރެއެވެ.

ފަހުމީ އަކީ ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ނޮވެމްބަރު 2023 ގަ އެވެ.

މި ސަރުކާރުގައި ޝަމާހު މީގެ ކުރިން ވަނީ ގައުމީ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމު އަދާކުރައްވައިފައެވެ. ނަމަވެސް މިދިޔަ އަހަރު އެ މަގާމުން ވަކިކޮށް އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.