ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯގެ ބަޔާނެއްގައި ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބޮޑުރަސްގެފާނު މަގު، ޗާންދަނީ މަގު، ދެވިނަ މަގު، އެނބޫ ގޯޅި، ގުލްއަލާ ގޯޅި، އިސްކަންދަރު މަގު، ޖޯޝީ ހިނގުން، ކުރިކީލަ މަގު، މަދޮށި ގޯޅި، ނިކަގަސް ހިނގުން، ނިކަގަސް މަގު އަދި ރަނައުރާ ގޯޅި ހިމެނޭ ސަރަޙައްދުން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އާއި 11:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.




advertisment

