Support Us

ބީއެމްއެލް މާސްޓަރ ކާޑު ބޭނުންކޮށްގެން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލައިލަން ދިޔުމުގެ ފުރުސަތު

މާސްޓަރ ކާޑު ބޭނުންކޮށްގެން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލައިލަން ދިޔުމުގެ ފުރުސަތު ދެ މީހަކަށް ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ އޮސްޓްރޭލިއާގެ މެލްބަންގައި އަންނަ އަހަރު ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލައިލަން ދެ މީހަކަށް ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލައިފައިވާ ކަމަށެވެ.

"މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު ނިޔަލަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލްގެ ދޫކޮށްފައިވާ މާސްޓަރކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިކުރެވޭނެއެވެ. ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު މީހަކާއެކު ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެއެވެ. މީގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓް، ހުރުމާއި، ކެއުމާއި، އަދި ފައިނަލް މެޗުތަކުގެ ޓިކެޓް ހިމެނޭނެއެވެ." ބީއެމްއެލް އިން ބުނެއެވެ.

"މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަޤްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެކެވެ."

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/win-a-trip-to-australian-open-finals-2026