Support Us

އަގުހުރި އިނާމުތަކާއެކު އެސްޓީއޯއިން ޑެވޮންޑޭލް ޕްރޮމޯޝަން ފަށައިފި

އަގުހުރި އިނާމުތަކާއެކު އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އިއްޔެއިން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ޑެވޮންޑޭލްގެ އެއް ލީޓަރުގެ ކިރު ކޭހެއް ގަންނަ ކޮންމެ މީހަކަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި ދޫކުރާ 30 ހާސް ކޫޕަން ހޯދުމުގެ ފުރުސަތު ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ. ލަކީ ޑްރޯގައި ކޮންމެ ހަފްތާއަކުވެސް ފަސް ނަސީބުވެރިން ހޮވައި ކޮންމެ މީހަކަށް 1،000ރ. ދޭނެއެވެ.

މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ތިން މީހަކު ގުރުއަތުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ނަސީބުވެެރިންގެ އިނާމުތައް:

1 ވަނައަށް 50،000ރ.

2 ވަނައަށް 25،000ރ.

3 ވަނައަށް 15،000ރ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓަރު، އެސްޓީއޯ ހުޅުމާލޭ ހޯލްސޭލް އަދި އެސްޓީއޯ ވިލިމާލޭ ފިހާރައިގައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެސްޓީއޯގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކަށް ވެސް މި ޕްރޮމޯޝަން ފުޅާކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *