Support Us

ޓްރީޓޮޕް ހޮސްޕިޓަލުގެ ޖުލައި ޚިތާނީ ކޭމްޕް "ވަރަށް ކާމިޔާބު"

ސްކޫލް ޗުއްޓީއާ ދިމާކޮށް އިހަށްދުވަހު ބޭއްވި ހިތާނީ ކޭމްޕް "ވަރަށް ކާމިޔާބު" ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ޓްރީޓޮޕުން ބުނިގޮތުގައި ޖުލައި 20 އިން އޯގަސްޓް ނުވަޔަކަށް ބޭއްވި ކޭމްޕްގައި 120 ކުދިން ހިތާނުކުރިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑެތި ހިތާނީ ކޭމްޕްތަކުގެ ތެރޭގައި ހިމެނޭ ކޭމްޕެއް ކަމަށް ވެސް ޓްރީޓޮޕުން ފާހަގަކުރެއެވެ.

ހިތާނީ ކޭމްޕްގައި އާސަންދައިގެ ދަށުން ދިން މި ޚިދުމަތުގެ ޕެކޭޖްގެ އަގަކީ 5،500ރ. އެވެ. މީގެ ތެރޭގައި ސަރޖަރީ، ބޭސް، ޓެސްޓްތައް އަދި ފޮލޯއަޕް ބައްދަލުވުންތައް ހިމެނެއެވެ.

"ކުޑަކުދިންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ކޭމްޕްގައި ބައިވެރިވި ހުރިހާ ކުދިންނަށް ހަނދާނީ ހަދިޔާ ދިނިން. މީގެ އިތުރުން، ބޭނުންވާ ފަރާތްތަކަށް އިތުރު ފީއަކާއެކު ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތުވެސް ދިނިން. ކުދިންނަށް ވީހާވެސް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދިނިން،" ޓްރީޓޮޕްގެ އޮފިޝަލަކު ބުންޏެވެ.

"ކޭމްޕްގައި ބައިވެރިވި ގިނަ ބެލެނިވެރިން އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރާމެދު ހިތްހަމަޖެހޭ ކަމަށް ފާހަގަކޮށްފައިވޭ. އެ މީހުން ބުނީ ވަރަށް ރަނގަޅު ޚިދުމަތެއް ލިބުނު ކަމަށް. ޑޮކްޓަރުންނާއި ނަރުހުން ވަރަށް ގާތުން އަޅާލައި ބެލެހެއްޓި ކަމަށް."

ޓްރީޓޮޕުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހިތާނީ ކޭމްޕެއް ބޭއްވުމަށް ރާވަމުން އަންނަ ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް އަދި ކަނޑައެއްނާޅައެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ." ޓްރީޓޮޕްގެ ބަޔާނެއްގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *