މޯލްޑިވިއަން ބްލަޑް ޑޯނަރސްއާ ގުޅިގެން ސްޓެލްކޯ މުވައްޒަފުން މިއަދު ލޭ ހަދިޔާކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި މިއަދު ހިންގި ޕްރޮގްރާމުގައި 24 މުވައްޒަފަކު ލޭ ހަދިޔާކުރި ކަމަށެވެ.
"ސްޓެލްކޯގެ ގިނަ މުވައްޒަފުންނަކީ ގަވައިދުން ލޭ ހަދިޔާކުރާ މުވައްޒަފުން. މިއަދުވެސް ލޭ ދޭން ބޭނުންވެގެން 33 މުވައްޒަފަކު ރަޖިސްޓްރީކުރި، އެކަމަކު ލޭ ދެވޭ ހާލަތުގައި ތިބީ 24 މުވައްޒަފުން،" ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ބުންޏެވެ.
ލޭ ހަދިޔާކުރާ ޕްރޮގްރާމް ކޮންމެ އަހަރަކު ވެސް ސްޓެލްކޯ އިން ބާއްވައެވެ.



advertisment

