ޖަޕާނުގައި 1915 ވަނަ އަހަރު ތަޢާރަފްކުރި މަކިޓާ ބްރޭންޑުގެ ޕަވަރ ޓޫލް ތަކަކީ ދުނިޔޭގެ ބާޒާރުގައިވެސް އޭގެ ދެވަނައެއް ނުވާ މަޝްހޫރު އަދި ކޮލެޓީ ބްރޭންޑެކެވެ. މަކިޓާގެ ވިޔަފާރި މުޅި ދުނިޔޭގައި ފުޅާވެ ކުރިއަރަމުން ދިއުމާއެކު، މީގެ 25 އަހަރު ކުރިން އެސްޓީއޯ އިން ވަނީ މަކިޓާ ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. މި ޕާޓްނަޝިޕްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދުނުކެނޑި އެސްޓީއޯއިން ވަނީ މަކިޓާ ބްރޭންޑްގެ އަގުހުރި، ކޮލިޓީ ގިނަ ޓޫލްތަކެއް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ.
މަކިޓާއާއި އެސްޓީއޯގެ ޕާޓްނަޝިޕް އަށް ކާމިޔާބު 25 އަހަރު ފުރުމުގެ މުނާސާބަތް ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް އެސްޓީއޯއިން ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް އެސްޓީއޯއިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް، މި މުނާސަބަތާ ގުޅިގެން، ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން މަކިޓާގެ ޕްރޮޑަކްޓްތައް ގަނެގެން %25 އާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފެށުމަށް އެސްޓީއޯއިން އަންނަނީ ތައްޔާރުވަމުންނެވެ. މި ޕްރޮމޯޝަނަކީ އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުވީ ދިގު ޕާޓްނަޝިޕް ފާހަގަކުރުމުގެ ގޮތުން މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން އެސްޓީއޯ ކޮންސްޓްރަކްޝަންސުން ކުރިއަށް ގެންދާ ވަރަށް އަގުހުރި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި އެސްޓީއޯ ކޮންސްޓްރަކްޝަންސުން ވިއްކާ މަކިޓާގެ ގިނަ ޕަވަރ ޓޫލް ތަކަކުން %25 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމަގައެވެ.



advertisment

