Support Us

އިންޑިއާ ސިފައިންގެ ދެ ޑޯނިއާ ފްލައިޓް ހަނިމާދޫ އެއާޕޯޓުގައި

އިންޑިއާގެ މިލިޓަރީގެ ދެ ޑޯނިއާ ފްލައިޓް ހަނިމާދުއަށް ޖައްސައިފި

އިންޑިއާގެ މިލިޓަރީގެ ނުފޫޒު ރާއްޖޭގައި ގަދަވާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނިކޮށް އިންޑިއާ ސިފައިންގެ ދެ ޑޯނިއާ ފްލައިޓް ހދ. ހަނިމާދުއަށް މިއަދު ހެނދުނު ޖައްސައިފިއެވެ. ނަމަވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މި ދެ ފްލައިޓަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު (އީއީޒެޑް) ގައި އިންޑިއާ ސިފައިންނާއި އެމްއެންޑީއެފުން ގުޅިގެން ކުރިއަށްގެންދާ ސާވިއަލަންސް ޕެޓްރޯލިންގައި ބައިވެރިވުމަށް އައި ދެ ފްލައިޓު ކަމަށެވެ.

އާޒިމް ވިދާޅުވީ މި ދެ ފްލައިޓް ހަނިމާދޫއަށް އައިސްފައި ވަނީ މިއަދު ހެނދުނު 10:30 ގައި ކަމަށާއި މިމަހުގެ 16 ގެ ނިޔަލަށް އެތަނުން އެއް ފްލައިޓް ހަނިމާދޫގައި އޮންނާނެ ކަމަށެވެ. މި އޮޕަރޭޝަންގައި ބައިވެރިވާނީ އެތަނުން އެއް  ފްލައިޓް ކަމަށާއި ދެވަނަ ފްލައިޓް މިއަދުގެ ވަގުތެއްގައި އަނބުރާ ފުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އާއްމުކޮށް އޮޕަރޭޝަނަށް ދެ ފްލައިޓް އަންނާނީ. އެއީ ބެކަޕް ފްލައިޓަކާއި އޮޕަރޭޝަންގައި ބައިވެރިވާ ފްލައިޓެއް. ބެކަޕް ފްލައިޓް އަންނަ ދުވަހު ފުރާނެ. އެގޮތުން ބެކަޕް ފްލައިޓް މިއަދު ފުރާނެ. އޮޕަރޭޝަންގައި ބައިވެރިވާނީ އެންމެ ފްލައިޓެއް،" އެމްއެންޑީއެފުން ބުންޏެވެ.


އާޒިމް ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއާގެ ސިފައިންނާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މިއީ 54 ވަނަ ސާވިއެލަންސް ޕެޓްރޯލިންގް ކަމަށާއި މި ސާވިއެލަންސް ޕެޓްރޯލް ކުރުމުގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލަމުން ގެންދާނެ ކަމަށެވެ.

އިންޑިއާގެ ޑޯނިއާ ދެ ފްލައިޓް ހަނިމާދޫއަށް އައިސްފައި މިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަޑު އުފުލަމުން ދަނިކޮށެވެ. މިހާރު ވެސް އިންޑިއާގެ ސިފައިން ދަނީ ރާއްޖޭގައި ދެ ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރަމުންނެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާ އިދިކޮޅުން ކަނބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށް އެމްއެންޑީއެފުން ވަނީ އެކަމާ ބެހޭ ގޮތުން ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީފައެވެ. އެގޮތުން ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް ޓެކްނީޝަނުންގެ އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަ ކަމަށް ޝަމާލް ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޑީއެފުން އެހެން ބުނުމާއެކު "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަތުގައި މިވަގުތު ހަތިޔާރު ނެތުން އެއީ ނުރައްކާ ކުޑަވާ ކަމެއް ނޫން ކަމަށާއި ހެލިކޮޕްޓަރުގައި ގޮސް އިންޑިއާ މަނަވަރަކުން ހަތިޔާރު ގެނެސް، ރާއްޖޭގައި މިތިބަ 150 އިންޑިއާ ސިފައިން ހަތިޔާރު އެޅި ފައުޖަކަށް ބަދަލުވުމަށް ބޭނުންވާނީ އެންމެ ދެ ގަޑިއިރު ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މި ކޮވިޑު ދުވަސް ވަރު ކޮން ޓްރޭނިންގއެކޭ ކިޔާކަށް.. ތީ ހަމަ ރޭވުމެއްގެ ތެރެއިން ބޯޓުތަކެއް ގެނައީ..

    ރައީސް ހެޔޮ ނުވާނެ ތިބޭފުޅާގެ ދެފައިގަ ހިފާ އާދޭސް މިދަންނަވަނީ އިންޑިޔާ މިލްޓްރީ މީހުން މިގައުމުން ބޭރުކުރޭ.. އަހަރުމެން ތިބޭފުޅާގެ ގޮވާލުމުގެ އަޑު އަހައި ވޯޓު ދިނިން.. އަދި އުންމީދު ކުރީ މިނިވަން ކަން ދަމަހައްޓާނެ ކަމަށް..

    މިފެންނަ މަނަްޒަރު ވަރަށް ނުތަނަވަސްވޭ. އެެހެންވެ އާދޭސް މިދަންނަވަނީ މިކަމުން ސަލާމަތް ކޮށްދެއްވާށޭ.. އިންޑިޔާ އަސްކަރީ އުޅަދުތަކާއި އޭގެ މީހުން މިގައުމުން ބޭރުކޮށްދެއްވާށޭ..

    ބަލަ ވެރިކަން ކުރެވޭނީވެސް ވަކި ދައުލަތެއްގެ ގޮތުގައި މިނިވަން ކޮށް އޮތީމަ ދޯ..؟ ފަލަސްތީނަށް އިޒުރޭލުން އަރާ ހިފީމަ ވެރިކަމެއް ނުކުރެވޭނެ.. ކަޝްމީރަށް އިންޑިޔާ މީހުން އަރާ ހިފީމަ ކޮންވެރިކަމެއް ހަމަ އެގޮތް ނޫންތޯ ރާޢްޖެއަށް ވެސްވާނީ!

    އަދި ކޮންމެ ގޮތެއްވިޔަސް ދިވެހީންގެ ނުުރުހުމުގައި މިކަން ކޮށްފައި އަދި ދިވެހީން ކާރިޔަށް ވޯޓު ހޯދަން އަންނަށް ނުވިސްނަވާތި.. އެހެންވެ ކުރީން އާދޭސް މިދަން ނަވަނީ މިމީހުން ބޭރުކުރާށޭ..! ނޯއިންޑިއަންސް އެންޑް ނޯ ޑޯގްސް އެލައުޑު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *