Support Us

އެމް.ޕީ.އެލް، މިފްކޯ- ދިގު މުއްދަތުގެ ސްޓެރެޓީޖިކް ޕާޓްނަޝިިޕަކަށް

ދިގު މުއްދަތުގެ ސްޓެރެޓީޖިކް ޕާޓްނަޝިިޕެއް ޤާއިމުކުރުމުގެ މަޤްސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ރިޝްވާނެވެ. މިފްކޯގެ ފަރާތުން، އެ ކުންފުނީގެ ޗީފް އެެގްޒެކެޓިވް އޮފިސަރ ފަރުހަތު ޝަހީރެވެ.

މި ފަހުމުނާމާއަކީ ދެ ކުންފުނިން ގުޅިގެން ކުރެވިދާނެ ފައިދާ ހުރި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުމަށް ސޮއިކުރި ފަހުމުނާމާއެކެވެ.

މީގެ އިތުރުން، މި ފަހުމުނާގެ ދަށުން ދެ ކުންފުންޏަށް ފައިދާ ހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށާއި،ލ ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުުރުމަށާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *