މާލޭ ބާޒާރުގައި ފިޔާ ތަދުވުމުން އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް 15ރ. އަށް ކިލޯއެއް ވިއްކަން ފަށައިފިއެވެ.
"މި ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން މާކެޓް ސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެކެވެ." އެސްޓީއޯއިން ނެރުނު ބަޔާނެއްގައިވެއެވެ.
އެސްޓީއޯ އިން މި ވަގުތު ފިޔާ ވިއްކަނީ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުންނެވެ.



advertisment

