Support Us

ނޯތު ހާބަރަށް އިތުުރުކުރި ބައިގައި އަޅާ މަސް ދޯނިފަހަރުން ފީއެއް ނުނަގާނެ: އެމް.ޕީ.އެލް

މާލޭ އުތުރު ފަޅުން ނޯތު ހާބަރަށް އިތުުރުކުރި ބައިގައި އަޅާ މަސް ދޯނިފަހަރުން އެއްވެސް ފީއެއް ނުނަގާނެ ކަމުގައި އެމް.ޕީ.އެލް އިން ބުނެފިއެވެ.

އެމް.ޕީ.އެލް އިން މިއަދު ބުނީ މާލޭ މަސްމާރުކޭޓު ސަރަހައްދުގައި އަޅައިފައި ހުންނަ މަސްވެރި އުޅަނދުތަކުން އެއްވެސް ފީއެއް ނުނެގި ނަމަވެސް މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގާނެ ކަމަށެވެ. އެއީ އޭ ޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50ލާރި، އަދި ބީ އަދި ސީޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް އެއް ރުފިޔާއެވެ.

"މަސް ދޯނިފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުންނެވެ. މި ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ." އެމް.ޕީ.އެލް އިން ބުންޏެވެ. "މަސްވެރިކަން ކުރާ ސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅައިފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަ ގޮތަކަށް އެތަން ބަދަލުގެންނާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިންކަން ފާހަގަކުރަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *