Support Us

މޫސުން ގޯސްވުމުން ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތައް ހުއްޓަސް އިއްޔެވެސް ތިން ބޯޓުން މުދާ ހުސްކުރިން: އެމް.ޕީ.އެލް

މޫސުން ގޯސްވުމުން ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތަކެއް ހުއްޓަސް އިއްޔެވެސް ތިން ބޯޓުން މުދާ ހުސްކޮށްފައިވާ ކަމުގައި އެމް.ޕީ.އެލުން ބުނެފިއެވެ.

މޫސުން ގޯސްވެ، ޕެރިޝަބަލް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވުމުން މާލޭ ބާޒާރުން ތަރުކާރީއާއި މޭވާގެ ބައެއް ބާވަތްތައް ވަނީ ހުސްވެފައެވެ. އޭގެތެރޭގައި ފިޔާ ހިމެނެއެވެ.

އެމް.ޕީ.އެލުން ބުނީ ކާގޯ އޮޕަރޭޝަންސް އިން އިއްޔެ އާއި ރޭ ކުރި މަސައްކަތުން ހުސްކުރި ތިން ބޯޓުން 4،720 ބަސްތާ ފިޔާ ބާލައިފައިވާ ކަމަށެވެ.

"އަދި މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތް މޫސުން ތަންދޭ މިންވަރަކުން މިއަދު ކުރިއަށް ގެންދާނެ. މި ބޯޓުން ގެނައި ޕެރިޝަބަލްސްގެ ތެރޭގައި 3،840 ބަސްތާ ފިޔާ ހިމެނޭ،" އެމް.ޕީ.އެލުން ބުންޏެވެ.

މާލޭ ބާޒާރުން ފިޔާ ހުސްވުމުން، ފިޔާ ގެނައުމުގެ މަސައްކަތް އެސް.ޓީ.އޯ އިން ވަނީ ފަށައިފައެވެ.