Support Us

ސްރީލަންކާގެ ރައީސްގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވައިފި

ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ދެއްވި މި ފުރަމާނަ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަނާއި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި ދިވެހިރާއްޖެއަށް މި ވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ސްރީލަންކާ ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑިސަނަޔަކަ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ. އަދި މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުނު ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް