Support Us

ސޯބިރުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރު (ނ.ޢ.ޢ.ވ.) ގެ ޖަނާޒާގެ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި މިއަދު ބާއްވައިފިއެވެ.

ސޯބިރުގެ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ސޯބިރުގެ ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުންނާއި އާންމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

ކަށުނަމާދަށްފަހު ސޯބިރުގެ ސަންދޯއްޕުޅުގައި ގައުމީ ދިދަ އަޅުއްވައިދެއްވީ ރައީސް ޑރ. މުއިއްޒެވެ.

ސޯބިރުގެ ޖަނާޒާގެ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ކުރިއަށްދަނީ. –އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

އުމުރުފުޅުން 73 އަހަރުގައި ސޯބިރު މިއަދު ހެނދުނު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުންނާއި ކާފަ ވިދާޅުވާ ތިން ބޭފުޅުން އެބަތިއްބެވިއެވެ. ދަރިކަލުން އަހުމަދު ހަސަން ސޯބިރު (އަންމު) އަކީ ޕައިލެޓެކެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ސޯބިރު ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަސް ވަނީ އެވެ. އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ ޖަޕާނުގައި ހުންނަވައިގެންނެވެ. ފަހުން މެލޭޝިޔާގައެވެ. ޓްރީ ޓޮޕްގައި އޮންނަވާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ.

ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް