ރައިސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް ދޮށިމޭނާ ބިލްޑިންގް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ދޮށިމޭނާ ބިލްޑިންގް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސަރަޙައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް އިފްތިތާހު ކުރުމުގެ ކުރިން ވަނީ އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލައިފައެވެ.
އެއަށްފަހު ދެ ބޭފުޅުން ވަނީ އެ އިމާރާތް ހުޅުއްވައިދެއްވައި އިމާރާތް ބައްލަވާލައްވައިފައެވެ.
ބޮޑުތަކުރުފާނުމަގުގައި ހުންނަ، އަލަށް އިފްތިތާހުކުރި މި ޢިމާރާތަކީ ދިވެހިރާއްޖޭގެ ސިފައިންގެ ޚިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ބައެކެވެ.



advertisment