Support Us

ދިވެހިރާއްޖެ- އިންޑިއާ ރަސްމީ މަޝްވަރާތައް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރިޔާސަތުގައި، ދެ ޤައުމުން ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ވެދޭ އެހީއަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީ، ދިފާޢީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް ދެ ޤައުމުން މަޝްވަރާކުރައްވާފައިވެއެވެ.

ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ނިންމާލާފައިވަނީ، ޤާބިލުކަން އިތުރުކުރުމާއި، ސިއްޙީ ދާއިރާ އާއި، ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން، ދެ ޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު، އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް