Support Us

އެސްޓީއޯ މިނިވަން އުފާ ޕްރޮމޯޝަން ފަށައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން "މިނިވަންއުފާ ސޭލް" މިއަދު ފަށައިފިއެވެ.

އަންނަ މަހުގެ ދޭއްގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލަކީ "އެސްޓީއޯއާއި އާއްމުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުން" ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ސޭލް ކުރިއަށްދާނެ ގޮތް

މި ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ދޭއްގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވިޔަފާރި ކުރާ މީހުންގެ މެދުގައެވެ. އެގޮތުން މި މުއްދަތުގައި ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތެއް ނަގައި، ގުރުއަތުން ހޮވޭ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.