Support Us

ހެޔޮ ބަދަލެއް: އެންސްޕާ އަދި އަމިއްލަ ގޮތުން ދާ ޕޭޝަންޓުންނަށް ވެސް ޑޮލަރު ހަމަޖައްސަން ރައީސް އަންގަވައިފި

‏އެންސްޕާ އަދި އަމިއްލަ ޚަަރަދުގައި ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާ ޕޭޝަންޓުންނަށް ވެސް ބޭންކުން ޔޫ.އެސް ޑޮލަރު ގަންނަން ލިބޭ ގޮތަށް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފިއެވެ.

ނ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ, ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، އަންނަ މަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް 2،000 ޑޮލަރު އަދި އަމިއްލަ ޚަަރަދުގައި ދާ ޕޭޝަންޓުންނަށް 1،000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައިވާ ކަމަށެވެ.

ސްކޫލްތަކުގެ ޗުއްޓީ އާއި ޖުލައި 26ގެ ބަންދާ ދިމާކޮށް ގިނަ ބަޔަކު އުމްރާ އަށާއި ބޭސްފަރުވާ އަށާއި ޗުއްޓީއަށް ރާއްޖެއިން ދާން ފޮށިތައް ބަންނައިރު، ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި މިހާރު އުޅެނީ 20ރ. އިން މަތީގައެވެ. ރަސްމީ ބޭންކު ރޭޓަކީ 15.42ރ. އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް