ވަގަށް ނަގައިފައިވާ ސައިކަލަކާއި ފޯނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އިސްމާޢީލް ސާއިފް، 39، ހަބީބީހެޕް، ރ. އަލިފުއްޓެވެ.
މި ވަގުކަލޭގެ ހައްޔަރުކޮށްފައިވަނީ މި ދިޔަ ހުކުރު ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި އޭނާ އެ ވަގުތު އިން ސައިކަލުގައި ތަޅުދަނޑި ޖަހައިފައި ހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެ ސައިކަލަކީ ވަގަށް ނަގައިފައިވާ ސައިކަލެއްކަން އެނގުމާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގައިފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި އޭނާގެ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގައިފައިވާ ފޯނުތަކެއް ފެނިފައިވާ ކަމަށާއި އެ ފޯނުތަކަކީ ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގައިފައިވާ ފޯނުތަކެއްކަން މިހާތަނަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment