13.20
މުޅި މާލޭ ސަރަހައްދުން މިއަދު މެންދުރުފަހު ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑުނު މައްސަލަ "ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިވަގުތު މަދީނާގައި ހުންނެވި ރައީސް މިގޮތަށް އެންގެވިކަން ހާމަކުރެއްވީ މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ "މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ" ކަމަށެވެ.

މާލެ ސަރަހައްދުން ކަރަންޓު ދިޔައީ މެންދުރު 12.45 ހާއިރު އެވެ.




advertisment

