އުންމީދަކީ ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް 49،000 މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން، ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން ވޯކް ފްރޮމް ހޯމް ނުވަތަ ގޭގައި ތިބެގެން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން ކަމަށާއި އޭގެތެރޭގައި ވަގުތު ހަމަކުރަން "މަހަކު 30 ގަޑިއިރު" ނޫނީ ކަނޑައެޅޭ ވަކި ވަގުތަކަށް، އޮފީހަށް އައުން ހިމެނޭގޮތަށް ބަދަލު ކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އިފްތިތާހުކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައި "މަހަކު 30 ގަޑިއިރު"ގެ ބަދަލުގައި "ހަފުތާއަކު 30 ގަޑިއިރު" ކަމަށް އެ މަނިކުފާނަށް ވިދާޅުވެވުނީތީ، އެކަމަށް މާއަފަށް އެދިވަޑައިގެން އެކްސްގައި ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގައެވެ.




advertisment