ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ "ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމަށް" ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ހިޔާގެ 9، 10، 11 އަދި 12 ވަނަ ޓަވަރުން މިއަދު މެންދުރު 1:30 އިން 3:30 އަށް ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ އެ ގަޑިތައް އެ ގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، "މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ" ކަމަށެވެ.
"މި މަސައްކަތަކީ އަޅުގަނޑުމެންގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް. މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯ އިން ބުނެއެވެ.
ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި 7،000 އެޕާޓްމަންޓު ހުރެއެވެ.



advertisment

