އެސްޓީއޯއިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 48 ލާރި ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކަމުން އަންނަ ޕެޓްރޯލް މިއަދުން ފެށިގެން ވިއްކާނީ ލީޓަރެއް 13.50ރ. އަށް ކަމަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކީ 13.98ރ. އަށެވެ.
ޕެޓްރޯލްގެ އަގު ހެޔޮކުރީ، އެސްޓީއޯއިން ބުނިގޮތުގައި، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން އެ ކުންފުންޏަށް ތެޔާ ގަންނަން ލިބޭ އަގުވެސް ހެޔޮވުމުންނެވެ.




advertisment

