Support Us

ރައީސުލްޖުމްހޫރިއްޔާ ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވައިލައްވައިފި

‏ތެލަސީމިޔާ ސެންޓަރުގެ ހިދުމަތްތައް ބޮއްސުންލައިގެން ދިއުމުގެ ޝަކުވާތަކާއެކު އާންމުން އެއްވެ ރޭ އިހުތިޖާޖު ކުރިތާ 24 ގަޑިއިރު ނުވަނީސް، ކަމާބެހޭ އިދާރާތަކުގެ އެންމެ އިސް ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތެލަސީމިޔާ ސެންޓަރަށް މިއަދު ހެނދުނު ވަޑައިގެން ކަންކަން ބައްލަވައި، އައްސަވައި، މަޝްވަރާ ކުރައްވައި އިސްލާހީ ފިޔަވަޅުތައް އަޅުއްވަން ފައްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތް ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެ ވަގުތު ލޭއަޅަން އެ ސެންޓަރުގައި ތިބި ޕޭޝަންޓުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ކަންކަމަށް އެންމެ އެދެވޭ އަވަސް ޙައްލު ހޯދައިދެއްވުމަށް ކުރެވެން ހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެ ކަންކަން ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވައިލައްވައިލައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އެޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަސްކޮށް އެޅުއްވުމަށް އިރުޝާދުދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *