Support Us

ޖާހު އިންވެސްޓްމަންޓްގެ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް އެޗް.ޑީ.ސީން އަންގައިފި

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ "ދަ ގާޑަންސް" ޕްރޮޖެކްޓާ ގުޅޭ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް އެޗް.ޑީ.ސީން އަންގައިފިއެވެ.

އެޗް.ޑީ.ސީން ބުނީ ޖާހު އިންވެސްޓްމަންޓްގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ފަރާތަށް އިތުރުކޮށްދެވުނު މުއްދަތުގައި އެފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، އެ ކޯޕަރޭޝަނާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް މިއަހަރު ޖަނަވަރީ 27 ގައި ދީފައިވާ ކަމަށެވެ.

"އަދި އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާނެކަން އެފަރާތަށް ވާނީ އަންގާފައެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"ދެންނެވުނު މުއްދަތުގެ ތެރޭގައި، މި ކޯޕަރޭޝަނުން ފޮނުވާފައިވާ ޤާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ، އެފަރާތާއި މި ކޯޕަރޭޝަނާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް 16 މާރިޗު 2025 ގައި އެ ކުންފުންޏަށް ވަނީ އަންގާފައެވެ. އަދި، އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު މި ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކާއި މިކޯޕަރޭޝަނުން ހިއްސާކުރާނެ ވާހަކަ ދެންނެވީމެވެ. މި ކޯޕަރޭޝަނުން މި އެޅި ފިޔަވަޅު އަޅާފައިމިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައިކަން މި ކޯޕަރޭޝަނުން ފާހަގަކުރަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *