Support Us

ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް: ފަހުމީ

‏ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް ކަމަށް އެމް.ޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ ކަރަންޓު ބިލުން ސްޓެލްކޯ ވައްކަންކުރާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

"އަޅުގަނޑު އަބަދުވެސް މި ދަންނަވާ ވާހަކައަކީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެކޭ. މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ. އޮޅުވާލާނެ އެއްޗެއްވެސް ނޯންނާނެ،" ފަހުމީ ވިދާޅުވިއެވެ.

"ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު. އަދި ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް. ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ. އެގޮތުން ސްޓެލްކޯ ވެބްސައިޓް stelco.com.mv/rpex‎ މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވާނީ ހުޅުވާލެވިފައި. މިކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *