Support Us

ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ދިނުމަށް ފެށި މަސައްކަތް ކުރިއަށް ގެންދާނަން: ރައީސުލްޖުމްހޫރިއްޔާ

ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތްޕުޅު ކުރިއަށް ގެންދަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަހާ ގުޅިގެން "އެކްސް"ގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ލާމަރުކަޒީ ނިޒާމަށް ހަޤީޤީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން، ރައްޔިތުންނާ ގާތުން، ރައްޔިތުންނާ ގުޅިގެން މިހާތަނަށް ސަރުކާރުން މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ރަށްރަށަށް ދަތުރުފުޅު ކުރައްވައި، ކައުންސިލްތަކުގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން ބައްދަލުވެ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ދަތުރުފުޅުތަކަކީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅުތަކެކެވެ.

ލާމަރުކަޒީ ދުވަހަކީ، ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށުން ފާހަގަކުރާ ދުވަހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *