Support Us

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރާތީ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ މާލޭގެ ބައެއް ހިސާބުތަކުން މާދަމާ މެންދުރުފަހު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ޖަމާލުއްދީން ހިނގުން، ރަށްދެބައި މަގު، ލޮނުޒިޔާރަތް މަގު، ސިއްތިމާވާ ހިނގުން، ފާށަނާކިލެގެ މަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު ދޭކުން ހަތަރަކާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަމާ ކުރާ ސަރަހައްދު ދައްކުވައިދޭ ޗާޓެއްވެސް ސްޓެލްކޯގެ ބަޔާނާއެކު ވަނީ ނެރެފައެވެ.