(ޅެމެއް، އަމިއްލަ ރާގެއް. މިޔުޒިކުގެ ހަމަ:4/7)
ހިތީމައެ ޖައުހަރެއް ކަމުގައި މުތީ އަގުހުރި ކަމަށް ވެ ދަނީ
ކެތީ ތަރިތައް ވަކިން ގުނެނީ މަތީ ނަކަތެކެ ކިޔައި އުޅެނީ
ހިތީމަހެ ޖައުހަރެއް ކަމުގައި …؟
ދަގަނޑަކީ ގިނަ އެތައް ކަމަކަށް ރަނގަޅު މަޢުދަނެކެ ބުނެ އުޅުނަސް
އަގަށް ބެލި ނަމަ ވަގުން ގާތުގަ ހިނގާނީ ރަން ކަމަށް ވެ ދަނީ
ހިތީމަހެ ޖައުހަރެއް ކަމުގައި …؟
އެތައް ގިނަ ޢިލްމަކާ ހުނަރާ ގިތާކޮށް ނަފުސުގައި މީހުން
މިތާ ބޭނުން ހިފޭ ކަމުގައި ހިތައި އުޅެ ސޭކުނަށް ވެދަނީ
ހިތީމަހެ ޖައުހަރެއް ކަމުގައި …؟
ހިކަނދިހެން ދުވެ ފިލައި ނުމެ ގޮސް މަކަނަ ނާޅައި ފަތަޙަކުރުމުން
ނިކަން ވިސްނައި ބަލައިލަބަލާ! ސިކަންދަރުވެސް މޮޅޭ ބުނަނީ
ހިތީމަހެ ޖައުހަރެއް ކަމުގައި …؟
ޢަލާމާތުގެ ސިހުރުވެރިޔާ ބަލައި ފާލެއް ރަމަލު ޖަހަމުން
އަލާ ފިލުވަން މެތުރި ފެންފުޅި "ކަލާވެހި" ދުރުކުރަން ބުނަނީ
ހިތީމަހެ ޖައުހަރެއް ކަމުގައި …؟
