Support Us

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމުގެ ތުހުމަތަށް ބިދޭސީއެއް ހޯދަނީ

މާލޭގައި ދިރިއުޅޭ ބުޅާތައް މަރައި، އޭގެ މަހުން ކާތަކެތި ހަދައިގެން ވިއްކަމުން ގެންދާ ކަަމަށް ބުނާ ބަންގްލަދޭޝް ރައްޔިތެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

މި މީހާގެ މައްސަލަ ސޯޝަލް މީޑިއާގައި އާއްމުންގެ ސަމާލުކަމަށް ގެނައުމާ އެކު އިިމިގްރޭޝަނުން އެމީހާ ހޯދުމަށް މިރޭ ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބަންގްލަދޭޝްގެ އަރުފާތު ހުސެއިން، 32، ހޯދަމުން ގެންދަނީ އެ ޑިޕާޓްމަންޓަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ކަަމަށެވެ.

އިމިގްރޭޝަނަށް ފަސް ދުވަހުގެ ތެރޭގައި ހާޒިރުވުމަށް ވެސް އެ ބިދޭސީ މީހާއަށް އެއިއުލާންގައި އަންގައިފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދިވެއްސަކު އާއްމުކޮށްފައިވާ ވީޑިއޯގައި، ބޮޑުތަކުރުފާނު މަގު މެރީބްރައުން ސަރަހައްދުގައި މަޑުކޮށްލައިގެން ހުންނަ އެ ބިދޭސީ މީހާ ސުވާލުކުރާތަން ފެނެ އެވެ. އަދި އެތަނުގައި ކީއްތޯ ކުރަނީ އެހުމުން އެ ސަަރަހައްދުގައި އުޅޭ ބުޅާތައް ގެއަށް ގެންދަން ބޭނުންވާ ކަމަށް އެމީހާ ބުނެ އެވެ. އޭރު އެމީހާ ހުންނަނީ ޕްލާސްޓިކް ކޮތަޅުތަކެއް ވެސް ހިފައިގެންނެވެ.

ވީޑިއޯ އާއްމުކުރި މީހާ ވަނީ އެ ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ގޮސް އެ ގެ ވެސް ވީޑިއޯކޮށްފަ އެވެ. އަދި އެ ހިސާބުން ބުޅަލުގެ ގުނަވަންތައް ފެންނަ ކަމަށް އެ ހިސާބު މީހުންނާ ހަވާލާދީ އެމީހާ ވީޑިއޯގައި ބުނެ އެވެ. އަދި އެމީހާ އަކީ ބާގަރ އާއި ސަބްމެރިން ތައްޔާރުކުރާ މީހެއް ކަމަށް ބުނެ އެތަކެތި ތައްޔާރުކުރަމުން ގެންދަނީ ބުޅާ މަހުން ކަމަށް އެމީހާ ތުހުމަތުކޮށްފައިވެ އެވެ.

މާލޭ ސަރަހައްދުގައި އުޅޭ ބުޅާތައް ބަލަހައްޓަމުން ގެންދާ އަމިއްލަ ޖަމިއްޔާއަކުން ވެސް ވަނީ މި މީހާ ބުޅާތައް ގެންގޮސްގެން ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މިކަމާ ގުޅިގެން އާއްމު ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި މާލޭގެ ކެފޭ ހޮޓާތަކުން ތައްޔާރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުންނެެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *