Support Us

އިތުރު ޑްރެޖަރެއް ގެނެސް ހުޅުމާލޭ ފޭސް 3 ހިއްކުން މެކުހަށް

އިތުރު ޑްރެޖަރެއް ގެނެސް ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކޮށް މެކުހަށް ޖަހައިފިއެވެ.

ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން ދިޔައީ 12،000 ކޮޑިމީޓަރުގެ ވެލި އުފުލޭ އެންމެ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. އަލަށް ގެނައި ޑްރެޖަރުގައި 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެއެވެ.

"ބިން ހިއްކުމުގެ މަސައްކަތުގައި މި ދެ ޑްރެޖަރ އެކީގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުވިވެގެންދާނެއެވެ." އެޗް.ޑީ.ސީން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.

"ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކައި ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ."