Support Us

ރޯދައަށް ސަރުކާރުން ހަދިޔާކުރާ ކާޑު ބަހަން ފަށައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑުލާއި ފުށް ބަހަން ފަށައިފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ދައުވަތަކަށް އެ ގައުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވަނީ، މި އަހަރުގެ ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ބަސްތާއެއް ސަރުކާރުން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެސްޓީއޯއިން ބުނީ މާލޭ ސަރަަހައްދަށް މުދާ ދޫކުރަމުން ގެންދާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ. އަދި ކޮންމެ ގޭބިސީއަކަށް ވެސް މުދާ ދޫކުރާނީ ފެން މީޓަރު ނަމްބަރަށް ބެލުމަށްފަހު ކާޑު ދޫކުރަނީ ދިވެހިންނަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ހަދިޔާ ބަލާ އަންނަންވާނީ ދިވެހި ރައްޔިތެއް ކަމަށާއި ހަދިޔާދޫކުރާނީ އެ މީހެއްގެ އައިޑީކާޑު ނަމްބަރު ނޯޓް ކުރުމަށް ފަހު ފެން މީޓަރަށް ކަމަށެވެ.

މާލޭ ސަރަަހައްދުގައި ކާޑުގެ ބާވަތްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8.30 އިން 11:00 އަށެވެ.

ރޯދަ މަހު ކާޑު ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:30 އަށެވެ.

މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މާޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ހުކުރު ދުވަހާއި މުލަ ރޯދަ ދުވަހު މާލޭ ސިޓީ ކައުންސިލުން މުދާ ދޫކުރަމުން ނުދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މާލޭ ސަރަހައްދުގައި ކާޑު ދޫކުރުމަށް ހަތް ތަނެއް ކަނޑައަޅާފައިވާއިރު މާލޭގައި ކާޑު ދޫކުރާނީ މާލޭ ސިޓީ ކައުންސިލާއި ސޯޝަލް ސެންޓަރުންނެވެ. އަދި ވިލިމާލޭގައި ކާޑު ދޫކުރުމަށް ހަމަޖައްސާފައިވަނީ ބިއްރި މިސްކިތުގެ ހޯލްގަ އެވެ. އަދި ހުޅުމާލޭގައި ފޭސް އެކެއްގައި ކާޑު ދޫކުރާނީ އުމަރު ޒާހިިރު ބިލްޑިންގާއި ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ޓަވަރު 10 ގައި ހުންނަ ޔޫތް ސެންޓަރުގައި ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *