Support Us

ޤުދުސް ކައިރީގައި އޮންނަ އާބާދީއަކަށް ޙަމަލާއެއް ދީފި

ފަލަސްޠީނުގެ ބަޔަކު އޮޓޮމެޓިކް ހަތިޔާރުން އިސްރާއީލު މީހުންގެ ކާރުތަކަކަށް ދިން ޙަމަލާއެއްގައި އިސްރާއީލު މީހަކު މަރުވެ އިތުރު އަށް މީހަކު މިއަދު ޒަޚަމުވެއްޖެއެވެ. މީގެ ތެރެއިން ދެ މީހެއްގެ ޙާލު ވަރަށް ޙައްސާސުކަމަށް އިސްރާއީލު ރޭޑިއޯ ބުންޏެވެ.

މި ޙަމަލާ ދީފައިވަނީ އިރުމަތީ ޤުދުސްގެ އިރުމަތީ ފަރާތުގައި އޮންނަ މަޢާލޭ އަދޫމީމު ޔަހޫދީ އާބާދީގެ ޢަސްކަރީ މަގުހުރަހެއް ކައިރީގައެވެ.

މި ޙާދިސާއާ ވިދިގެން މި އާބާދީގެ ވަޒަންވެރިންތަކެއް ނުކުމެ ފަލަސްޠީނުގެ ތިން މީހަކު މަރައިލިއެވެ. އެ މީހުން ތުހްމަތުކުރާ ގޮތުގައި ޔަހޫދީންގެ ކާރުތަކަށް ޙަމަލާދިނީ މި މީހުންނެވެ.

އިސްރާއީލު ސިފައިން ބުނާގޮތުގައި މަޢާލޭ އަދޫމީމު އާބާދީ ކައިރީގައި ޙަމަލާދިން މީހުންގެ ތެރެއިން ދެ މީހަކު މަރައިލިއެވެ. ތިންވަނަ މީހާ މަރައިލީ ފިލަން އުޅެނިކޮށްނެވެ. 

އިސްރާއީލު ފުލުހުން ބުނާގޮތުގައި މަޢާލޭ އަދޫމީމު ޙަމަލާގެ ބައިވެރިން މި ޙަމަލާދީފައިވަނީ ދެ ކާރެއްގައި އައިހެވެ. އެމީހުން ބޭނުންކޮށްފައިވަނީ އެމް 16 ގެ ބަޑިއާއި އަތުބޮމެވެ.  

އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުގައި މި ކަމުގައި ބައިވެރިވި ފަލަސްޠީނުގެ އެކަކު ގަސްތުގައި ކާރެއްގައި ޖައްސައި ހާދިސާއެއް ހިންގައި މަގުމަތީގެ ވާހަނަ ހަލަބޮލިކޮށްލީއެވެ. އެއަށްފަހު ފަލަސްޠީނުގެ ތިމް މީހަކު ކާރުން ފައިބާ އެމް 16 ގެ ދެ ބަޑިއާއި ފިސްތޯލައަކުން ޙަމަލާދިނީއެވެ.

 މިޙަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލު ފުލުހުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *