Support Us

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހިޔާ ޓަވަރުތަކުގައި އިތުރު 32 ލިފްޓް ހަރުކުރަން ފަށައިފި

ހުޅުމާލޭ ހިޔާފްލެޓް ޓަވަރުތަކުގައި އުޅޭ ފަރާތްތަކަށް ދިމާވެފައިވާ ލިފްޓްގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ޓަވަރުތަކުގައި އިތުރު 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް އަރައިފޭބުމުގެ ދަތިކަން ދިމާވެފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އިތުރު ލިފްޓްތައް ގާއިމްކުރުމަށްޓަކައި ޗައިނާގެ ސެންޔަންގް ޔުއާންޑް އިންޓަލެކްޗުއަލް ގްރޫޕާއެކު އެ ކުންފުނިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ހިޔާ ޓަވަރުތަކުގައި މުޅި ޖުމްލަ 32  އާ ލިފްޓް ބެހެެއްޓިގެންދާނެ އެވެ. މިގޮތުން ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ގާއިމްކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު މުޅި މަޝްރޫއު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އަލަށް ގާއިމްކުރާ ލިފްޓްތަކުގެ ސަބަބުން ލިފްޓަށް އަރަން އޮންނަ ކިއުތައް ކުޑަވެ، ލިފްޓަށް އަރަން މަޑުކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށެވެ.

"އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަވާނެ ގޮތަކަށް ކަންކަން ކުރުމަށް" ކަމަަށް އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ 16 ޓަވަރުގެ 25 ބުރީގެ ފްލެޓްތަކުގައި ގާތްގަނޑަކަށް 50،000 މީހުން ދިރިއުޅެމުން އަންނައިރު އެއިން ކޮންމެ ޓަވަރެއްގައި މިހާރު ބޭނުން ކުރަމުން އަންނަނީ ތިނެއް ނުވަތަ ހަތަރު ލިފްޓެވެ. ނަމަވެސް ލިފްޓްގެ ދަތިކަން އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *