Support Us

އެމެރިކާއިން ޔަމަނުގެ 5 ސަރަޙައްދެއްގެ 36 އަމާޒަކަށް ޙަމަލާދީފި

އެމެރިކާއިން ރޭ ޔަމަނުގެ ވެރިރަށް ޞަންޢާއަށާއި އިތުރު ހަތަރު ސަރަޙައްދަކަށް ޙަމަލާދީފިއެވެ.

ޙޫސީން ބުނާގޮތުގައި އެމެރިކާއިން މި ފަސް ސަރަޙައްދުގެ 36 ލަނޑުދަނޑިއަކަށް ޙަމަލާދިނެވެ. އެމެރިކާ ބުނާގޮތުގައި ވެރިރަށް ޞަންޢާއުގައި ހުރި ޙޫސީންގެ ހަ ކުރޫޒް މިސައިލެއް ރޭގެ ޙަމަލާގައި ހަލާކުކޮށްލިއެވެ. 

ޙޫސީންގެ އަލްމަސީރާ ޓީވީ ބުނިގޮތުގައި އެމެރިކާއާއި އިނގިރޭސީން ރޭ ދިން ޙަމަލާތަކުގެ އަމާޒުތައް ހުރީ ޞަންޢާއާއި ޛިމާރާއި  ޙިއްޖާއާއި ބައިޟާއު ސަރަޙައްދުތަކުގައެވެ. އަންޞާރުﷲ ޓީވީ ބުނާގޮތުގައި ޞަންޢާއަށް ދިން ޙަމަލާގައި އަމާޒުކޮށްފައި ވަނީ  ނަހްދައިނި ސަރަޙައްދަށާއި ޢައްޠާން ސަރަޙައްދަށެވެ. މި ޓީވީ ބުނިގޮތުގައި އެމެރިކާއާއި އިނގިރޭސި މަތިންދާބޯޓުތަކުން ތަޢިޒު ސަރަޙައްދުގެ ދެ ސަރަޙައްދަކަށް ވައިގެ 11 ޙަމަލާދީފައި ވެއެވެ. 

އެމެރިކާގެ މަރްކަޒީ ކޮމާންޑް (ސެންޓްކޮމް) އިން ބުނިގޮތުގައި ރޭ ދިން ޙަމަލާތަކަކީ އަމިއްލަ ނަފްސުގެ ދިފާޢުގައި ދިން ޙަމަކާތަކެކެވެ. ރޭ ޙަމަލާދިން ކުރޫޒް މިސައިލްތައް ހުރީ ރަތްކަނޑަށް ޙަމަލާދިނުމަށް ޓަކައި ތައްޔާރުކޮށްފައެވެ. ސެންޓްކޮމް ބުނިގޮތުގައި މި ޙަމަލާގެ ސަބަބުން ރަތްކަނޑުގެ ދަތުރުފަތުރަށް  ޙިމާޔަތް ލިބިގެން ދާނެއެވެ.

މި ދިޔަ ބުދަދުވަހު ޙޫސީ ޒަޢީމު ޢަބްދުލްމަލިކުލް ޙޫޘީ  ވިދާޅުވިގޮތުގައި "އެމެރިކާއާއި އިނގިރޭސިން ޔަމަނަށް ދެމުންދާ  ޙަމަލާތައް ވަނީ ނާކާމިޔާބު ވެފައެވެ. މި ޙަމަލާތަކުގެ ސަބަބުން އަހުރެމެންގެ ޢަސްކަރީ ޤާބިލުކަން ކަންފައްޗެއް ނުވާނެއެވެ." އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓައިލައިފުމަށް ދާންދެން ޙޫސީންގެ ޙަމަލާތައް ކުރިއަށް ދާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *