އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް އިންތިހާބުވި ކައުންސިލަރު ޕީއެންސީއަށް ގުޅިއްޖެ އެވެ.
ކައުންސިލަށް ހޮވިވަޑައިގެންނެވި މެމްބަރުން ހުވާކުރުމުގެ ކުރިން އަހުމަދު ރިޝްވާން މިއަދު ވަނީ ޕީއެންސީއަށް ގުޅިވަޑައިގެން ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރައްވައިފަ އެވެ.
މިމަހުގެ 13 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ހޮވިވަޑައިގެންނެވި ބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ އެވެ.
ރިޝްވާން ޕީއެންސީއާ ގުޅިވަޑައިގަތުމުން އެޕާޓީން ވަނީ އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.
މާލޭ މޭޔަރު ކަމަށް ހޮވިވަޑައިގެންފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. ބައި އިލެކްޝަންގައި މާފަންނު ދެކުނު ދާއިރާގެ ގޮނޑިއާއި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމްޕީއެންސީ ކޯލިޝަންގެ ކެނޑިޑޭޓުންނެވެ.



advertisment