Support Us

80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދޭ "އެސްޓީއޯ އިޔަރ އެންޑް ސޭލް" ފަށައިފި

ކަނޑައެޅިފައިވާ ބައެއް މުދަލުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދޭ "އެސްޓީއޯ އިޔަރ އެންޑް ސޭލް 2023″ މިއަދު ފަށައިފިއެވެ.

މި މަހުގެ 1 އިން ޑިސެމްބަރު 15 އަށް މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ކަނޑައެޅިފައިވާ ބައެއް މުދަލުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ބަންޑްލް އޮފަރތައްވެސް މި ސޭލުން ލިބޭނެ ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު މެންދުރު ފަހު، މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ.