ތިލަފުށީ ދެވަނަ ފޭސްގެ އޭރިއާ ބީގައި ހިމެނޭ 39.6 ހެކްޓަރުގެ ހިއްކައި ނިންމައި އޭރިއާ އޭ ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އާބަންކޯ އިން މިއަދު ބުނީ އޭރިއާ އޭގައި ހިމެނޭ 71.5 ހެކްޓަރުގެ ސަރަހައްދު ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.
"ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އަރބަންކޯ އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ތިލަފުށީގެ ބިން ހިއްކައި ނިމުމުން، ތިލަފުށި މާސްޓަރ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައިވެއެވެ." އާބަންކޯ އިން ނެރުނު ބަޔާނެއްގައިވެއެވެ.

"މިކަމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގްތިސާދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާ ގުޅުވާލެވުމުން މި ސަރަހައްދަށް އިގްތިސާދީ ގޮތުން އިންގިލާބީ ކުރިއެރުންތަކެއް އަންނާނެއެވެ."



advertisment

