ރާއްްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކުރިއަށްގެންދާ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބްލޫމްބާގް ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތައް އިންޑިއާ ހައިކޮމިޝަނާ އެކު ފަށައިފައިވާ ކަމަށެވެ.
"އިންޑިއާގެ ސަރުކާރާ އެކު ފަށައިފައިވާ މަޝްވަރާތައް ވަރަށް ވެސް ކާމިޔާބު،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒަކީ "ޕްރޯ ޗައިނާ" ސިޔާސަތު ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި ބޭރުގެ ބައެއް މީޑިއާތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ ވާހަކަތައް އެގޮތަށް ދެކެވެމުންދަނީ ހަގީގަތަށް ނޫން ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ އަބަދުވެސް އެމަނިކުފާނުގެ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ކަމަށެވެ.
"އަޅުގަނޑަކީ ޕްރޯ ޗައިނާ މީހެއްގެ ގޮތުގައި މީހުން ލޭބަލް ކޮށްފައިވަނީ ގޯސްކޮށް. އަޅުގަނޑަށް ދިވެހިރާއްޖެ ނޫން ގައުމެއް ޕްރޯ އެއް ނުވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަތްގަދަ ކުރަމުން ގެންދާ ކަމަށާއި އެކަމާ ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ރިޕޯޓަރު ދެންނެވުމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ހުރިހާ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ބައިނަލްއަގުވާމީ ހަމަތަކަށް އިހުތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖެއަކީ ކުޑަ ގައުމެއް ކަމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށެވެ.
ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށާއި ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެންދާތަން ދެކެވަޑައިގެންނަވަން ބޭނުންފުޅުވާ ކަމަށް ޑރ. މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
President-elect Mohamed Muizzu says he intends to work closely with all countries. Maldives is too small to take sides in a “geopolitical rivalry between bigger nations,” he says https://t.co/nT5YTWiNej pic.twitter.com/6DuEyzyddS
— Bloomberg TV (@BloombergTV) October 27, 2023



advertisment