23:30
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ބަލި ގަބޫލްކުރައްވައި، މިއަދުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައީސް ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.
ރަޢީސް ސޯލިހާ ވާދަކޮށް މިއަދުގެ ވޯޓު ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 18،900 އަށްވުރެ ގިނަ ވޯޓުގެ ތަފާތު ބޮޑު ނަތީޖާއަކާ އެކުގަ އެވެ.
ރައީސް ސޯލިހް މިރޭ ކުރެއްވި ޓުވީޓެއްގައި ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގައި ރައްޔިތުންނަށް ދެއްކި ޑިމޮކްރަޓިކްގެ ރީތި ނަމޫނާއަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރި އެމްޑީޕީާއި އޭޕީގެ އެންމެހާ މެންބަރުންނަށާއި ރައީސް ސޯލިހަށް ވޯޓު ދިން އެންމެހައި ރައްޔިތުންނަށް ވެސް ޝުކުރުއަދާކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓައިފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 585 ވޯޓު ފޮށި ގުނައި ނިމިފައިވާއިރު ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 126,836 ވޯޓެވެ. އެއީ 54 އިންސައްތަ ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 107,874 ވޯޓެވެ. އެއީ 45.9 އިންސައްތަ ވޯޓެވެ
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން މިއަދުގެ އިންތިހާބުގައި ވޯޓު ލައިފައިވަނީ 80 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.



advertisment
One Response
Eynaa bali qaboolu kuran majubooru vaane eynage eku veri India Inves Muizzu ah maruhabaa kiyan jehunee