Support Us

ރިޔާސީ އިންތިހާބު 2023

ތަފާތު ބޮޑުކޮށް ރައީސް ސޯލިހް ބަލިކޮށް ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބުވެއްޖެ

21:00

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ތަފާތު ބޮޑުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކޮށް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެއްޖެ އެވެ.

ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓައިފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 555 ވޯޓު ފޮށި ގުނައި ނިމިފައިވާއިރު ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 118،381 ވޯޓެވެ. އެއީ 54 އިންސައްތަ ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 100،790 ވޯޓެވެ. އެއީ 45.9 އިންސައްތަ ވޯޓެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން މިއަދުގެ އިންތިހާބުގައި ވޯޓު ލައިފައިވަނީ 80 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *