މިނެއް ނެތި ފެހިޔަކަސް ހެދުމެއް ވެދާނޭހޭ؟ ގަޔަށް ހެޔޮވަރު
ދިނެއް ކަމަކުން އަތަށް ފުރޮއެއް ކޮށޭނޭހޭ ވަކަރު އެކިވަރު
ސިޔާސީ އޮޅިއަކަށް ވަދެފައި އަނދާ މަޅިއަށް ފަނެއްލީމާ
ކިޔައި އުޅެތޭ ހެލޭނަމަ ދޫ ސިޔާސީ މާހިރެކެ ކަށަވަރު
ނުވާނޭ ދަންޑަހެލުހެން، ހޭކިލައި އުޅުނަސް ކަމެއްގައި ހަމަ
ޒުވާން ކަސްކޮއި ހަށީ ހުރި ލޭ މިހާރު ދަރީންގެ ނެތް ހިތްވަރު
ބަތާ ކައިގެން ދެމުން ދޯކާ ދިޔަސް ވަދެވޭ އެހެން ދޮރަކުން
އަތާ އަތްޖޯޑުކޮށް ބޮސްދޭ އަޑިން ހަތުރުން މިތާ ބައިވަރު
ބޮލަށް ހެޔޮވަރު ވިޔަސްނުވިޔަސް އަޅައި ތޮފި، ކުލަޔަކަށް ނުބަލާ
ލޮލަށް ގޮވަމުން ދުލުން ހާސަރު ދެމީމާ ހެޔޮވެދޭ ފަތިވަރު
ފިލާ ހައިހޫނަކުން ފިނިކަން ހިތަށް ލިބިގެން އަޚާގެ މަހުން
ފޮލާ ކައްކައި ޚިޔާލީ ދުނިޔެއަށް ގެނބުމޭ އޮތީ ދަންވަރު
ކެވޭ ނަމަ ބަނޑުހަނޑޫ ގިނައިން ވެޔޭ ގާތް ހެޔޮ އަޚާ ކަމުގައި
ދެވޭވަރު މަދުވުމުން ވަގުތުން ސޮހޭނޭ ހެޔޮ އަތަށް މަތިވަރު
ބަޔާންކުރެވޭނެހޭ ހާލުގެ ދުލުން މަސްރަހުގެ ސެހެރީތައް
ބަޔާބާނުގެތެރޭ ވިކެނީ ވިދާ ޖާހިލުކަމުގެ ޒޭވަރު
