Support Us

ޖާހު އިންވެސްޓްމަންޓުގެ ހައުސިން މަޝްރޫޢު ނިންމަން 30 ދުވަހުގެ ނޯޓިސް ދީފި

ހުޅުމާލޭގައި ކުރިއަށްދާ ޖާހު އިންވެސްޓްމަންޓުގެ ހައުސިން މަޝްރޫޢު ނިންމަން 30 ދުވަހުގެ ނޯޓިސް އާބަންކޯ އިން ދީފިއެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގައި މެދުފަންތީގެ ހައުސިންގ މަޝްރޫޢު ހިންގުމަށް 2017 ގައި ޖާހު އިންވެސްޓްމަންޓާ ހަވާލު ކޮށްފައިވާ މަޝްރޫޢު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މައްސަލަ އިތުރަށް ބެލުމަށްފަހު މަސައްކަތް ނިންމުމަށާއި، އާބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

"އަދި މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން، އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް މި ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ވަނީ ދެވިފައިކަން ފާހަގަކުރަމެވެ." އާބަންކޯ އިން ނެރުނު ބަޔާނެއްގައިވެއެވެ.