މަޑު ނޫ ކުލައިގެ މާސިންގާ ސާފު އުޑެވެ.
ލޯދިލުވާލަން ނުކެރޭ ރަތްދަކަ ގަދަ އަތްވެއެވެ.
ވައި ރޯޅިއެއްވެސް ނުވާ މެންދުރެއްގެ ގަދަ ހޫނެވެ.
ފެންނަނީ ލޯބީގެ އަވާމެންދުރެކެވެ.
އަހަރެން ބޭނުމީ ހަމައެކަނި ތިބާއެވެ.
ނޫކުލައިގެ ނިގާބުން ތިޔަ ލޫޅާފަތިކަން ނިވާކުރިޔަސް ރީތިކަމެއް ފޮރުވައެއް ނުލެވެއެވެ.
ތިޔަ ސަމާސާއިން ލޭގައި ހިނގަނީ ދިލަ އިހުސާސެކެވެ.
ނަމަވެސް މި ހިތުގައި އޮތީ ފިނި ލޯތްބެކެވެ.
އަހަރެން ވައުދަށް އަބަދުވެސް ވަފާތެރި ވާނަމެވެ.
ތިބާއަށް ޓަކައި އަހަރެން ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނަމެވެ.
އެކަމަކު މޫސުމަކީ ބަދަލުވާ އެއްޗެކެވެ.
މޫސުން ބަދަލުވަނީ ތިބާގެ އުނގުގައެވެ.
މިއުޒިކާއި ރާގު ބަދަލުވާހާ ފަސޭހައިންނެވެ.
ބަދަލު ނުވާނީ އަހަރެންގެ ވަފާތެރިކަމެވެ.
ބަދަލު ނުވާނީ މިހިތުގައިވާ ލޯބީގެ ފިނިކަމެވެ.
އަހަރެން ނޭވާލަނީ ލޯތްބަށް ޓަކައެވެ.
އެ ލޯބި ވަނީ ތިބާއަށް ޓަކައެވެ.
މިއީ ލޯބީގެ ވަޢުދެކެވެ.
މިކަމަށް މުޅި ކާއިނާތު ހެކިވާނެއެވެ.
މިއީ ލެއާއި ހިތުގެ ގޮވާލުމެކެވެ.
މިކަމަށް ތިބާ ވެސް ހެކިވާނެއެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން
އަހަރެންނަކީ އިރެވެ.
ތިބާއީ ދުނިޔެއެވެ.



advertisment