Support Us

ހިތް ބިރުގަންނަނީ ކީއްވެ؟

ފާޑަކަށް ހިތް ހަމަނުޖެހި ހާސްކަން މަތީ ބިރު ހީވެފައި
މާދަމާ މުސްތަޤްބަލަށް ވިސްނާލުމުން ފެން ކަޅިވެފައި

ހާދަހާ ގިނަ ކަން ކަމެއް ދެކެފީމު އަހުރެން ޢުމުރުގައި
ހާދަ ވޭނީ ކަރުނައިން އެހެނަސް ބިރެއްނެތް ޙާލުގައި

"ރާއްޖެދުށް ބޮޑު ތަދުގެ ދުވަހާ، ޖެހުނު ބޮޑު ވިއްސާރަޔާ"
"މާލެދުށް ބޮޑު ހުޅުގެ ނާމާން ދުވަހުވެސް" ހެޔޮ ޙާލުގައި

ކާނެ އެތިކޮޅަކާއި އުނު، އޮރިޔާން ނިވާ ކޮށްލާނެ ފަދަ
މާލުގައި ނެތް ދުވަހުވެސް ތިބެނީ މިހިތް ހަމަޖެހުމުގައި

ހޭޅިފަށުގައި ގޮސް މަގޫފަތް ބިނދެ އެފަތް ކައިއުޅުއިރު
އޭރުވެސް އުޅުނީ އިތުރު ބިރުވެރިކަމެއް ނެތި އުފަލުގައި

ގަސް ދޮށުން ވަނދުކެޔޮ ހޮވައިގެން ކެއުމަކަށް ބޭނުންކުރަން
މަސްކޮޅެއް ލައިގެން އެކަނި، ކައިއުޅުނު އިރުވެސް ރުހުމުގައި

ރިނދަލި ގަރުދިޔަ އާއި ކެޔޮގަހު ތޫރި ކައިގެން އުޅުނުއިރު
ހިތުގެ ޝައްކެއް ނެތި އެ ޙާލުންވެސް އެއުޅުނީ މަޖަލުގައި

ކާފަ ކައިރީގައި އެހީމޭ ހިތް ތެޅޭ ސަބަބެއް ބަލަން
ކަާފަ ބުނިބަސް، ނިންމަމުން ލިޔެލީމެ ހިތްވަރު ދެރަވެފައި

"ދަރިފުޅާ، މަ ދެލޯފުޅާ! އަޅުވެތިކަމުގެ ފޮލަޔަށް ވުރެން"
"ދަރިފުޅާ! މިނިވަންކަމުން ހިތި ހަބަރު ކެވެޔޭ އުފަލުގައި"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *