Support Us

އަމާނާތްތެރިއަކަށް ވަންޏާ…

އަމާނާތްތެރިއަކަށް ވަންޏާ ދެދުނިޔޭންވެސް އޮތީ ރަޙްމަތް
އަމާނާތްތެރި ކަމަށް ﷲ ދެއްވާނީ އަބަދުވެސް ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ އެހެންމީހުން ކުރާ ޤަދަރުން،
ޙަޔާތުގެ ކުރިމަގަށް ލިބެނީ އަރާމާ ލައްޒަތާ ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ ބިރެއްނެތި ކޮންމެ މީހަކުވެސް
އަމާނާތެއް ޙަވާލުކުރަން ކެރޭކަންވެސް އެއީ ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާއި މައި ބަފައިންގެ ޙައްގުތަކަށް،
ވަފާތެރި ދަރިއަކަށްވީމާ، އެއީއޮތް އެންމެބޮޑު ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ ބުނާ ބަހަކާ ކުރާކަމަކާ،
ދެކޮޅު ސީދާވުމުން މީހުން ކުރާ އިތުބާރަކީ ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ ލަފާ ޞާލިޙު އަޅެއް ކަމުގައި،
ބަލާމީހުން ތިމާޔާމެދު ބަލާކަންވެސް އެއީ ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ އެކީ އެކުވެރިވެގެން އުޅުމަށް،
އަމާނާތްތެރި ބަޔަކުވާނޭ، މިކަކަމަކީވެސް، ލިބޭ ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ ވަފާތެރިއެއް ކަމަށް ބަލަމުން،
ޖަމާޢަތުގައި ތިމާގެ ގަދަރު އުފުލިދިއުމީ، ލިބޭ ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ ސަނާ ތަޢްރީފުތައް ކުރަމުން،
ވަށައިގެން ހެޔޮއެދޭ މީހުން ބުނާ ހެޔޮބަސް އެއީ ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ އަމާނާތެއް ބަހައްޓަންވެސް
ޙަވާލުކުރާ އަމާނާތެއް ޙަވާލުކުރުން، އެވެސް ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ ކަލާނގެ އެމާތްވި ޙަޒުރަތުގައި،
އަރާމާ ލައްޒަތާ އުފަލުން ފުރޭހައި، ދަރުމަޔާ ނިޢްމަތް

އަމާނާތްތެރިއަކަށް ވަންޏާ ދުނިޔެއެދިގެން އުޅުން ގޯހެއް،
ޙަޔާތުން އާޚިރަތް ހޯދުން، ލިބޭނީ ސުވަރުގެއިން ނިޢްމަތް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *