ޢީދު އަޔަކަސް ނެތް އިނގޭ ހިނިތުންވުމެއް ތުންފަތްމަތީ
ވީދި ވެއްޔާ މޮޑެވިފައި ފޭރާން އޮތީ އަދު ބިންމަތީ
ޢީދު ހެދުމެއް ގަނެލެވޭވަރު ވެސް ނެތީއޭ އަތްމަތީ
ދީބު އަދު އޮތް ހާލަތޭ މީ ދިވެހި މި ހިނދުގެ އުންމަތީ
ހާދަހާ ހިތް ދަތިވެޔޭ ކަރުނުން ދެ ކޯ ތެމި ފޯވެޔޭ
ވާ ތަދާ ރިހުމާ ބަޔާންކޮށް ދޭކަށެއް ވެސް ނޭނގެޔޭ
މާދަމާ ސިފަވާ ގޮތުން ވާ ހާދަހާ ބިރު ހީވެޔޭ
ވާނެ އެއްޗެއްވާން ތިބެންވީހޭ އަމިއްލަ މި ބިންމަތީ
ވިސްނުމެއް ފިކުރެއް ޚިޔާލެއް ނެތްކަމުން ގައުމާއި މެދު
ފިސްވެގެން ލޯ ކުރިމަތީ އުންމަތް ފަނާވެދަނީޔެ އަދު
ގިސްލަ ގިސްލާ ރޯން ތިބީމާ ވާން އެބޮތްހޭ ބަލަ މިއަދު
އިސްނަގާކަށް ބަލަ ނުވޭހޭ ނުޖަހަނީސް ކަންފަތްމަތީ
****
ނޫނެކޭ ކުށް ހީއެކޭ ތިޔައީ އިނގޭ ޝައްކެތްނެތޭ
ދޫ ކުރާކަށް ނޫނެ މި ތިބީ ބޭނުމީ ޙުއްރިއްޔަތޭ
ހޫނު ލޭ ހުރި މައް ދިވެހި ދިވެހީންގެ އުފުލާނީ އަތޭ
ރޫޙު ގައުމީ ދިރުވަމުން ފަސްނުޖެހި ސާބިތު ކަންމަތީ